ހިންގާ ކޮމިޓީގެ ހިމެނޭ މަޤާމުތަކުގެ މަސްއޫލިއްޔަތުތައް
ރައީސް
ރައީސްއަކީ ހިންގާ ކޮމިޓީގެ ލަފާގެމަތިން ކުލަބުގެ ހިންގާ ޤާވާޢިދާ އެއްގޮތަށް ކުލަބު ހިންގުމާއި ކުލަބުގެ އިދާރާ ބެލެހެއްޓުމާއި، ހުރިހާ ލިޔެކިޔުންތައް ބަލާ ޗެކްކޮށް މެންބަރުންގެ މައްސަލަތައްބަލައި ކުލަބުގެ ހުރިހާ ކަމެއް ހިންގާ އެންމެ އިސްވެރިޔާއެވެ
ނާއިބު ރައީސް
ނާއިބު ރައީސްގެ މަސްއޫލިއްޔަތަކީ ރައީސަށް ކަންކަމުގައި އިރުޝާދުދީ ރައީސް ނެތް ހާލަތެއްގައި ރައީސްގެ ހުރިހާ ކަމެއް ހިންގާ ބެލެހެއްޓުމެވެ. ނައިބު ރައީސުންގެ ތެރެއިން ރައީސްގެ މަސްޢޫލިއްޔަތު އަދާކުރާނެ ނައިބު ރައީސްއެއް ހޮވާނީ ހިންގާ ކޮމެޓީގެ ވޯޓަކުންނެވެ. އަދި މީގެއިތުރުން އެއްވެސް ސަބަބަކާހުރެ ހިންގާ ކޮމިޓީގެ މަޤާމެއް ހުސްވެއްޖެ ހާލަތެއްގައި އެ މަޤާމަށް މެންބަރެއް އިންތިޚާބު ކުރެވެންދެން އެމަޤާމެއްގެ މަސްއޫލިއްޔަތު އުފުލުމެވެ
ޚަޒާންދާރު
ޚަޒާންދާރުގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުލަބުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކަށް ފައިސާގެ ހިސާބުތައް ތައްޔާރުކޮށް ހުށަހަޅުމެވެ
ޖެނެރަލް ސެކްރެޓަރީ
ސެކްރެޓަރީގެ މަސްއޫލިއްޔަތަކީ ރައީސާއި ހިންގާ ކޮމިޓީގެ އެހެން މެންބަރުންގެ ލަފާގެމަތިން ކުލަބުގެ ލިޔެކިޔުމާބެހޭ ހުރިހާކަމެއް ބެލެހެއްޓުމެވެ. އަދި ޖަމިއްޔާގެ ފަރާތުން ބައިވެރިވާ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވާ ޓީމުގެ ލިޔެކިޔުންތަކާއި އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަންކުރުމެވެ
ސްޕޯޓުސް ޑިރެކްޓަރ
ސްޕޯޓުސް ޑިރެކްޓަރގެ މަސްއޫލިއްޔަތަކީ އެކިކުޅިވަރުތަކުގައި ބައިވެރިވާ ޓީމުތަކަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުމާއި މަދުވާ ކުޅިވަރު ސާމާނުތަކުގެ މަޢުލޫމާތު ކޮމެޓީއަށް ހިއްސާކުރުމާއި އެތަކެތި ކޮމެޓީއިން އަންގާގޮތެއްގެ މަތީން ހޯދުމުގެ ކަންކަންކުރުމެވެ
މީޑިއާ ކޯޑިނޭޓަރ
މިޑިއާ ކޯޑިނޭޓަރުގެ މަސްއޫލިއްޔަތަކީ ކުލަބުން ބާއްވާ ހުރިހާ ޖަލްސާތަކާއި، ބައްދަލުވުންތަކާއި އަދި ކުލަބުން ހިންގާ ހުރިހާ ޕުރޮގުރާމްތަށް/އިވެންޓުތަށް ކަވަރުކޮށް ސޯޝިއަލް މީޑިއާގައި ޝާއިރުކުރުމެވެ
އާންމު މެންބަރުން
އިތުރު މެންބަރުންގެ މަސްއޫލިއްޔަތަކީ ކުލަބު ހިންގުމުގައި އެހީތެރިވެދިނުމެވެ